މި އަަހަރުގެ ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެއްސަކު ނިޔާ ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވެފައިވަނީ އިބްރާހީމް ރަޝީދު، އޮސާކާ / ހއ.ދިއްދޫ (58) އެވެ.
ރަޝީދު އުމްރާއަށް ދިޔައީ ރާއްޖޭގެ ޙައްޖު އަދި އުމްރާ ގްރޫޕެއް ކަމަށްވާ ”ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލް“ ގެ ފަރާތުންނެވެ.
އެ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަޝީދު ނިޔާވީ މައްކާގެ ނޫރު ހޮސްޕިޓަލުގައި ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަނިކޮށް ކަމަށެވެ.
