ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލެއަށް ވަޑައިގެންފިއެވެ.

Ads by Asuru

މިއަދު މެންދުރުފަހު 14:00 ގައި ރައީސް ވިލިމާލެއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ވިލިމާލެ ދާއިރާއިން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ ތެރެއިން ވިލިމާލެ ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަޑައިގެންނެވިއެވެ. މިއަދުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު މަޖިލީހުގެ ކެމްޕެއިން ރަސްމީކޮށް، މާލެ ސަރަހައްދުގައި ފައްޓަވާފައިވާއިރު، މިހާތަނަށް މާލޭގެ ފަސް ދާއިރާއަކަށް ވަޑައިގަންނަވާފައިވެއެވެ.