ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ނިމިދިޔަ ސަރުކާރުގައި ޑެޕިއުޓީ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިޝާމާ މުހައްމަދު ޕީއެންސީގެ ޓިކެޓްގައި ދާންދޫއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ފަޒީލަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

މިކަން ހާމަކުރައްވަވައި، މީސްމީޑިއާ އެކައުންޓުތަކުގައި ކުރެއްވި ޕޯސްޓެއްގައި ނިޝާމާ ވިދާޅުވީ މަޖިލިސް އިންތިހާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނިކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިހްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވާ ކަމަށެވެ.

އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ހަރަދުތަކެއް ކުރަންޖެހޭ ކަަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް ވަގުތު ނެތުމާއި އެކަމަށް ބޭނުންވާ ފަންޑްވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންކަމުން، އެންމެ މަސްލަހަތު ހަމަޖެހޭނެގޮތެއް ކަމަށް މިހާލަތުގައި އަޅުގަނޑަށް ވިސްނެނީ މަޖިލިސް އިންތިހާބު 2024 ދާންދޫ ދާއިރާއަށް، އަޅުގަނޑާއި އަދި އަޅުގަނޑަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށް ދިނުމަށެވެ.“ ނިޝާމާ ވިދާޅުވިއެވެ.

ދާާންދޫ ދާއިރާގެ ޖޭޕީ ކެންޑިޑޭޓު، ނިޝާމާ މުހައްމަދުއާއި އެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަ ކުރައްވާ ފަޒީލް

ނިޝާމާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވިއިރު، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޖޭޕީން މި ސަރުކާރުގެ ބައެއް