ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އަނެއްކާ ވެސް އެދިއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓަން ނިންމާފައިވާއިރު، މަނާކޮށްފައިވާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ލައިސަންސް 1 މަސްދުވަހަށް ހިފަހައްޓާނެ ކަމަށްވެސް އަންގާފައިވެއެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މާލެ-ވިލިމާލެ، އަދި ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅިތަކަކީ ބަންދުކޮށްފައިވާ ކަނޑުއޮޅިތަކެކެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެވިފައިވޭއިރު، ރިސޯޓްތަކުގެ ސްޕީޑު ބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުއާގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދެ ކަނޑުއޮޅީގައިވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން، އެ ހިސާބުން ދުއްވާ އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމުގެ ފުރުސަތު އޮވެދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުންޏެވެ.
