ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަންކުރައްވައިފިއެވެ.

Ads by Asuru

ޒީނާދު ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރީ ސަރުކާރުން ރާއްޖޭގައި އުފެއްދި ފުރަތަމަ މާލީ އިދާރާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އެމްޑީގެ މަގާމުވެސް ޒީނާދު ވަނީ އަދާކުރައްވާފައެވެ. ކުދި ވިޔަފާރިތައް ތަރައްގީކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުންވެސް ޒީނާދު ވަނީ އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭނާ އެ މަގާމުގައި ފަސް އަހަރު ވަނީ ހިދުމަތް ކުރައްވާފައެވެ.

އޭގެ ކުރިން ޒީނާދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ގަވަރމަންޓް ލޯން ސްކީމްގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގެ އިސް މަގާމުތަކެއްވެސް ޒީނާދު ވަނީ އަދާކުރައްވާފައެވެ.