ފިތުރު އީދު ދުވަހު ހަވީރު މާލޭގައި އުޅަނދު ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Asuru

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާގައި ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އަށް ވެހިކަލް ދުއްވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

ކައުންސިލުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް ބަންދުކުރުމަށް ހުށަހަޅާފައިވަނީ ދިވެހި ބަހާއި ތަރިކަ އާއި ބެހޭ ވުޒާރާއިންކަމަށެވެ.
އަދި ފިތުރު ފާހަގަކުރުމުގެ ގޮތުން އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން މޭޔަރު އާޒިމް ވިދާޅުވިއެވެ.

އީދު ދުވަހު ހަވީރު 4:00 އިން ފެށީގެން 6:00 އަށް މާލޭގެ މަގުތަށް ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން ކައުންސިލް 11 މެންބަރުންގެ ތެރެއިން 8 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.