ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ހަރަކާރުތެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ ޑޯޓުޑޯ ހަރާކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު މެންދުރު ފަހު ވަނީ ހެންވޭރު ދެކުނަށް ވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ހުސެއިން އިމްރާން ލަތީފް (އިންމު) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ.

މި ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.