ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ޒަކާތު ހައުސްއިން މީގެ ކުރިން ބުނެފައިވަނީ އޮންލައިންކޮށް ޒަކާތު ފައިސާ ދެއްކޭނީ ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޯބައިލް، ބީއެމްއެލް ޕޯޓަލް، ފަހިޕޭ އެޕްލިކޭޝަންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭއިންނެވެ.
ބަނޑޭރި ޕޭއިން ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ޒަަކާތް ދެއްކޭނެއެވެ.
ސަރުކާރުން ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށްފައި ވުމުން މި މަހުގެ 31 އިން އަންނަ މަހުގެ ނުވަޔަކަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސިން އިން ބުނެފައިވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަކީ އާދައިގެ ހަނޑޫނަމަ 12 ރުފިޔާއެވެ. ތައިލެންޑް ހުދު ހަނޑޫނަމަ 70 ރުފިޔާއެވެ. ރަތް ހަނޑޫ ނަމަ 80 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ ނަމަ 70 ރުފިޔާއެވެ.
