މާލޭގެ ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވީޑިއޯ އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ.
އަދި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށްވެސް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުން ބުނީ ކުށް ހިނގި ތަނުން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ޚޮއްމެރެއަކުވައްކަނަކުރާއިރުޖުލުހުންކުރަނީކޮންކަމެއް