ފުވައްމުލަކު ސިޓީ ގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލުގެ
ފަތުރުވެރިއެއްގެ އަތުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.
ރޭ ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމުން ދެ މީހަކަށް ތުހުމަތު ކުރެވި އެ ދެމީހުން ހައްޔަރުކުރި ކަމަށާއި ފަތުރުވެރިޔާ އަތުން ވަގަށް ނެގި ތަކެތި އެ ދެ މީހުން އަތުން ހޯދާފައިވާކަމަށެވެ.
ފަތުރުވެރިޔާ މީގެކުރިން ބުނީ، ވައްކަން ކޮށްފައި ވަނީ އޭނާ ޑުރޯން ދުއްވަން އުޅެފައި މޫދަށް އެރުނު ގަޑީގައެވެ. މި ރޯދަ މަހު ވެސް ވައްކަމުގެ މައްސަލަތައް އިތުރުކަން ފާހަގަކޮށްލެވެއެވެ.