ވެރިރަށް މާލޭގެ އިއްޒުއްދީން މަގުގައި އެކްސިޑެންޓެއް ހިނގައި، ކުނި ކަހަން ހުރި މީހަކަށް އަނިޔާވެއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ލިބުނީ، ރޭ 11:17 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނީ އުމުރުން 48 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުވި ސައިކަލުގައި ދެ މީހަކު ތިބިއިރު، އެ ދެ މީހުންވެސް އެކްސިޑެންޓަށްފަހުގައި ފިލީއެވެ. ފުލުހުން އަންނަނީ އެ ދެމީހުންނާއި، އެކްސިޑެންޓުވި ސައިކަލު ވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ި