އ.އ ރަސްދޫގައި މިސްކިތެއްގެ ތެރޭގައި، ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކުރުން، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވައިފިއެވެ.
މިނިސްޓަރު އެކަން ކުށްވެރި ކުރައްވައި ވިދާޅުވީ، ކުޑަކުދިންނާއިމެދު އިހްސާންތެރިވުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަމަށެވެ.
މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ކުރުން ކުށްވެރިކުރަން. ކުޑަކުދިންނަށް އިޙުސާންތެރިކޮށް މުޢާމަލާތު ކުރުމަށް އިސްލާމްދީން އަންގަވާފައިވޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 5, 2024
ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭގައި، އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ބުލީކޮށް އެ ކުއްޖާއަށް އަނިޔާ ކުރީ އުމުރުން 18 އަހަރުން ދަށުގެ ދެ ޒުވާނުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، މިރޭ އާންމުވި ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ތަރާވީހުގެ ވަގުތު ކުޑަކުއްޖަކާ އެހެން ކުދިންތަކެއް ދިމާކޮށް، ހުތުރު ބަހުން ވާހަކަދައްކައި އިންޒާރުދީ އަނިޔާކުރާ މަންޒަރު ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށާއި، އެއީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ބުންޏެވެ.
އެއާއެކު ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރުތަކެއް ކަމަށެވެ.
އެހެންވެ އެ ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް ވަނީ އެދިފައެވެ.
އަދި އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
