ހިޔާ ފްލެޓުގެ ކޮޓަރިއެއްގައި ހުރި ފަންކާއެއް ޝޯޓުވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ފްލެޓުގެ އެއް ކޮޓަރި ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

Ads by Asuru

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 15:47 ގައި ކަމަށާއި އެ ވަގުތު އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު އަލިފާންގަނޑު އެއްކޮށް ނިންވާލާފައިވާކަމަށެވެ.

ހުޅުމާލޭ ހިޔާ ފްލެޓް 11-11-11 ގައި މި ހާދިސާ ހިނގާފައިވަނީ މަތީގައި އިން ފަންކާއެއް ކަރަންޓު ޝޯޓުވުމާ ގުޅިގެން ތިރީގައި އޮތް ގޮދަޑީގައި ހުޅު ހިފައިގެންނެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީން ބުނީ އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އެއް ކޮޓަރިއަށް ގެއްލުން ލިބިފައިވާތީ އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.