މާލޭގެ މަގުމައްޗަށް ކުނިއަޅާ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ހޯދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މީހާ ފުލުހާ ހަވާލުކޮށްފިއެވެ.

Ads by Asuru
މާލޭ ސިޓީ ކައުންސިލުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން އެ ބިދޭސީ މީހާ ޑިޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

”މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަކުރެވިގެން ކައުންސިލުން ހޯދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާ ހަވާލު ކުރެވިފައި. ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން“ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު މާލޭގެ މަގުތަކަށް ކުނި އެޅި 180 އަށްވުރެ ގިނަ މީހަކު ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާ ކޮށްފައިވަނީ 500 ރުފިޔާއިންނެވެ.