މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓު އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާއި ބެހޭ ގައުމީ އިދާރާ،ވމެޓް އޮފީހުން އެލާޓު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 10:30 އާއި ހަމައަށެވެ.

އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.