ގދ. އަތޮޅުގައި އޮންނަ ރަަފެލްސް މޯޯލްޑިވްސް ރިސޯޓްގައި މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން ބުނީ، އޭނާ އަކީ ރިސޯޓު ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު ފަހު 3:30ގައެވެ.

ކަޔަކެއްގައި ދިޔަ ބިދޭސީއަކު ހޯދަމުން އަންނައިރު، ދެ ދުވަސް ކުުރިން ހަތަރު މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯހެވެ.