ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ލ.ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ވެރިއެއްގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންވާނެ އެންމެ މުހިންމު ސިފަޔަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ މާތް ސިފަ ކަމަށެވެ.
އަދި އެ ސިފަ ހަގީގީ މާނައިގައި ވެރިއެއްގެ ފަރާތުން ފެންނަން ފެށުމުން ރައްޔިތުންގެ ގަދަރާ އިހްތިރާމް އެ ވެރިއަކަށް ލިބެމުންދާނެ ކަމަށް ވިދާޅުވިއެވެ.

”ރައްޔިތުންގެ ހުސްވުމެއްނެތް ލޯބިދާނީ އެ ވެރިޔަކަށް އޮހެމުން. އެ މަންޒަރު ވާދަވެރިންނަށް ފެނުމުން ހަސަދަވެރިކަން ހައްދު ފަހަނައަޅާދާނެ. މިއީ ދުނިޔެ ދައްކާ ހަގީގަތް. ފެންނަމުން މިދަނީ އެކަން.“

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ އިތުރުން ރިވެތި އަހްލާގާއި މަޑުމައިތިރި މިޒާޖު ކަމަށެވެ.

ރައީީސް މުއިއްޒުއާއި އަރިސް އަބްދުއްރަހީމް މީގެ ކުރިން ވެސް ވަނީ،  އެމަނިކުފާނަށް ދިމާވާ ކޮންމެ ކަމެއްގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާއި އެކު އެންމެ ގާތުން ހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.