ރައްޔިތުންގެ މަޖިލީހުގެ 71 މެމްބަރުންގެ ވޯޓުން، މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހޮވިވަޑައިގެންފިއެވެ.

Ads by Asuru

އާ މެމްބަރުން ހުވާ ކުރެއްވުމަށްފަހުގައި، މިއަދު ކުރިއަށް ދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުންނެވެ.

މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްއާއި ވާދަކުރެއްވީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ބާތިލް 7 ވޯޓު ހިމެނޭއިރު ސައްހަ ވޯޓުގެ އަދަދަކީ 85އެވެ.

މަޖިލީހުގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓުގައި 7 ވޯޓު ބާތިލުވިއެވެ.

ަރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށްފަހު މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި، 80 ވޯޓާއިއެކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ.

ނައިބު ރައީސްކަމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ ނާޒިމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެނަމެވެ.

92 މެންބަރުންގެ ބައިވެރިވުމާއިއެކު ކުރިއަށްދިޔަ ސިއްރު ވޯޓުގައި ނާޒިމް ނައިބު ރައީސްކަމަށް އިންތިހާބުކުރަން ވޯޓު ދެއްވީ 80 މެންބަރުންނެވެ. އަދި އަހުމަދު ދީދީ އިންތިހާބުކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.