މާލޭގައި އަލަށް ފަށާފައިވާ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ނުގަވައިދުން ޕާކުކުރާ ނަމަ ސްޓިކާ ޖަހާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ބުނެފިއެވެ.

Ads by Asuru

ގަވާއިދާއި ހިލާފަށް ޕާކު ކުރާ ނަމަ ސްޓިކާ ޖަހާނެ ކަމުގެ އިންޒާރު ފުލުހުން ދިން އިރު، އެ އިދާރާއިން ވަނީ އެފަދަ ވެހިކަލްތައް ޓޯކުރަން ޖެހިއްޖެ ހާލަތެއްގައި ޓޯ ކުރާނެ ކަމަށް ވެސް ބުނެފައެވެ. އަދި ފުލުހުން މިހާރު ވަނީ ނުގަވައިދުން ޕާކު ކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހަން ވެސް ފަށާފައެވެ.

މިނީ ބަހުގެ ހިދުމަތް ފެށީ މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން މާލޭގެ މައި މަގު މަޖީދީ މަގުގައި ވަނީ ޕާކުކުރުން މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުހުންގެ މުއައްސަސާއަށް ފާޑުވެސް ކިޔަމުންނެވެ.