ރާއްޖޭގެ ރައްޔިތުން އެދެމުން ދަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެނެސްދެއްވާފައިވާ ތަރައްގީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ޔާމީން، ޖަލަށް ލީ ނަމަވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެކަމަށް ހޯމް މިނިސްޓަރު ޝައިހު އިމްރާން ވިދާޅުވެފައިވާތީއެވެ.

އޭނާ ވަނީ، ރައީސް ޔާމީން ޖަލަށްލުމަށް ނިންމާފައިވަނީތޯ، އިމްރާނާއި ސުވާލުވެސް ކުރައްވާފައެވެ.

މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ އާރަށުގެ މައްސަލައިގައި އަދި ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

އަދި ކޯޓުގެ ހުކުމެއް ނެތްކަމަށްވީނަމަވެސް، ރައީސް ޔާމީން ޖަލަށްލުމަށް ނިންމީތޯ އެނާވަނީ އިމްރާނާއި ސުވާލު ކުރައްވާފައެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލައި، ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގުވައްޓާލުމަށް މަސައްކަތްތައް ކުރިނަމަވެސް އެކަން އެއީ ކާމިޔާބު ކުރެވެން ނެތް ކަމެއް ކަމަށެވެ.

.