ކެއްކުމަކީ ވަރަށް ކުރާހިތްވާ ކަމެއް ކަަމަށާއި، އެއީ ”ހޮބީ“އެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ”ސޯސަލް“އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ކެއްކުމަކީ، ހޮބީއެއްގެ ގޮތުގައި ވަރަށް ގިނައިން ކުރެވޭ ކަމެއް ކަމަށާއި، އެކި އެއްޗެހި ވަަރަށް މީރުކޮށް ކެއްކޭ ކަމަށެވެ.

”ހާއްސަކޮށް އެކި އެއްޗެހި މީރުކޮށް ކެއްކޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. އެހެންވީމަ، އެކަންތައްތައް ގޭގަ ވަރަށް ބޮޑަށް ކުރަން.“ އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވީއިރު، ކެއްކުމަކީ ކުރައްވާ ކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.