ޕްރޮފެސަރ ހަސަން އުގެއިލް މާލެއަށް ހިޖުރަ ކުރެއްވި ސަބަބު ވިދާޅުވެދެއްވައިފިއެވެ.

Ads by Asuru

އުގެއިލް ވިދާޅުވީ އޭނާ މާލެއަށް ދިރިއުޅުން ބަދަލު ކުރެއްވީ 1987 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަަނަ ދުވަހު ކަމަށެވެ. އަދި ބޭނުމަކީ ތައުލީމު ހާސިލު ކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

”އޭރުގެ ގައުމީ އިމްތިހާނެއް ކަމަށްވާ ޖޭއެސްސީ އިން ފާސްވުމަށް ފަހު، އޯ ލެވެލްއަށް ކިޔެވޭނެ އެއްވެސް ގޮތެއް ރަށުގައި ނެތުމުން، އިލްމީ ގޮތުން ކުރިއަށް ދެވޭނެ ގޮތެއް ހޯދަން.“ އުގައިލް ވިދާޅުވިއެވެ.

އުގައިލް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަތޮޅުތެރޭގައި އުޅޭ މީހުން މާލެ އަންނަނީ ރަށްފުށުގައި ކުރާނެ ކަމެއް ނެތި، މުނިފޫހިފިލުވުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރަައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ މީހުންނަކީ އޯ ލެވެލް ފެންވަރަށް ކިޔަވައިގެން ތިބި މީހުންނަށް ވުމުން، އެމީހުންނަށް ކަމުދަނީ ޒަމާނީ ދިރިއުޅުމެއް ކަަމަށެވެ.