މަސްވެރިންގެ އަތުން މަސް ކިރުމަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާ އަންނަ ހަފުތާގެ ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިހާރު މަސްވެރިންނަށް ދޭން ޖެހޭ ރުފިޔާގެ އަދަދަކީ 32 މިލިއަން ރުފިޔާ ކަމަށެވެ.
އަދި އެ ފައިސާ އަންނަ ހަފުތާގެ ތެރޭގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނިން އެންމެފަހުން މަސްވެރިންނަށް މަހުގެ އަގު ދީފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ގާތްގަނޑަކަށް 16.2 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

