ރާއްޖެއާ ޕާކިސްތާނާއެކު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވައިފައި ވަނީ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނާސް (އައިޑިއާސް 2024)ގެ ހަވާސާގައެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުން ކުރިއަށް ދިޔައީ އައިޑިއާސް 2024ގެ ހަވާސާގައި ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓްރީން ދީފައެއް ނުވެއެވެ.

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ އައިޑިއާސް އަކީ އެ ގައުމުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ ވެރިކަމުން ފެށިގެން އެ ގައުމުގައި ބާއްވަމުން އަންނަ ސެމިނާރެކެވެ.

މި ސެމިނާގައި 55 ގައުމަކުން ވަނީ ބައިވެރިވެފައެވެ.