ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ކަމަށެވެ.
ކަނޑުދަތުރު ކުރާއިރު މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުތަކުގައި ސަލާމަތި ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމަށްފަހު ނޫނީ ނުފުރުމަށް ވެސް ފުލުުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އުޅަނދަށް އެކަށީގެންވާ ވަރަަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި އުޅަނދަށް ކަނޑައެޅިފައިވާ މިންގަޑަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް ވަނި އެދިފައެވެ.