ރައީސް ޔާމީނަށް މިއަދު ރައްޔިތުން މަރުހަބާ ކިޔަނީ އަދި މާ ލޯބިން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީނާއި ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މިއަދު ވަނީ ދ.ކުޑަކުހުވަދޫއަށް ވަޑައިގެންފައެވެ. އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

މިކަން ފާހަގަކުރައްވައި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ކިޔަން ރައްޔިތުން ނުކުތީ މަޖުބޫރުވެގެން ކަމަށް އެމަނިކުފާނުގެ ވާދަވެރިން އޭރު ބުނަމުންދިޔަ ކަމަށެވެ.

އޭރުވެސް ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ކިޔާފައިވަނީ ލޯބިންކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ ”މިއަދު އަދި މާ ލޯބިން“ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ކިޔާ ކަމަށެވެ.

މެދުކެނޑުމަކަށްފަހުގައި ރައީސް ޔާމީން އަތޮޅުތެރެއަށް ދަތުރުފުޅު ފެއްޓެވިއިރު، މިރޭ ކުޑަހުވަދޫގައި ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެއެވެ.