ދައުލަތުގެ އެކި މަގާމުތަކަކީ ޝަރަފެއް ނޫން ކަމަށާއި، އެއީ ޖަވާބުދާރީ ވާން ޖެހޭ ބޮޑު ޒިންމާއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ވެރިކަމެއްގައި ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އަދި ދައުލަތުގެ އެކި ގިންތިތަކުގެ ބޮޑުންނަކީ ރައްޔިތުންގެ ހާދިމުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
”ދައުލަތުގެ އެކި މަގާމުތަކަކީ ޝަރަފެއް ނޫން، އެއީ ޖަވާބުދާރީވާންޖެހޭ ބޮޑު ޒިންމާއެއް.“ އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.
ޖުމްހޫރީ ވެރިކަމެއްގައި ހަގީގީ ވެރިންނަކީ ރައްޔިތުން އަދި ދައުލަތުގެ އެކި ގިންތިތަކުގެ ބޮޑުންނަކީ ރައްޔިތުންގެ ހާދިމުން. ދައުލަތުގެ އެކި މަގާމުތަކަކީ ޝަރަފެއް ނޫން، އެއީ ޖަވާބުދާރީވާންޖެހޭ ބޮޑު ޒިންމާއެއް.
— Mohamed Nazim (@nazim7878) November 11, 2022
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ. މިރޭ 8:30ގައި ބާއްވާ މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަަމަޖެހިފައެވެ.