ވެރިރަށް މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކީ ކާކުކަން އަދިވެސް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެކަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަރުވި މީހުންގެ ތެރެއިން ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައިވަނީ އިންޑިއާގެ ތިން ފިރިހެނުންނާއި އެ ގައުމުގެ ހަތަރު ފިރިހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
އަދި ދެން ފެށުނު ހަށިގަނޑަކީ ކާކުކަން މިހާތަނަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ މި ހާދިސާ އަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ.