ހަފްތާ ބަންދާ ދިމާކޮށް ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ޑްރަގާ އެކު ޕާޓީ ކުރަމުން ދިޔަ ޕާޓީތަކެއް ހުއްޓުވައި 12 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނެފައިވަނީ، އެ އޮޕަރޭޝަން ހިންގާފައިވަނީ މާލެ އަދި ހުޅުމާލޭގައި ކަމަށާއި، އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ އަށް ފިރިހެނުންނާއި ހަތަރު އަންހެނަކު ކަމަށެވެ.

ހައްޔަރު ކުރި އެންމެންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތެވެ.

ފުލުހުން ހިންގި އޮޕަރޭޝަނާއި ހައްޔަރު ކުރި މީހުންގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ރޭ ފުލުހުން ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރު، އިންފްލުއެންސަރުން ހިމެނޭ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މިވާހަކަތަކާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.