ރުފިޔާގެ އައު ނޫޓެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކޮށްފިއެވެ.

Ads by Asuru

އެމްއެމްއޭ އިން ބުނީ މިއަދު ތަޢާރަފްކުރި 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.

މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މި ނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭ އިން ބުނީ މި ނޫޓް ދައުރުކުރުމަށް ނެރޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.