މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން މި އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މެޓުން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައިޓް އެލާޓް ނެރުނު އިރު، މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރެކެވެ.

އަދި އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ހޫނު ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.