ރަސްމީ ދަތުރުފުޅެއްގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ސަޢޫދީ ފަންޑުގެ ސީއީއޯގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އަދި މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މީގެ ކުރިންވެސް ތަފާތު އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ފަންޑުން ވެދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.

ސަޢުދީ ފަންޑުން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ މިހާތަނަށް ރާއްޖެ އަށް ފޯރުކޮށް ދީފައެވެ.