ރޭ ދަންވަރު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ސޯސަންމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަނިޔާވި ތިން މީހުންނަކީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނެކެވެ. އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އަނެއް  ދެ މީހުންނަށް ފަރުވާދެނީ އައިޖީއެމްއެޗްގައެވެ.

ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން 21 އަހަރުގެ މީހާ އަކީ ލައިސަންސް އޮތް މީހެއް ނޫނެވެ.