ފީނަން ގޮސްއުޅުނު ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވީ އުމުރުން 30 އަހަރުގެ ރ. ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާނެވެ.
ފުލުހުން ބުނިގޮތުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:15 ހާއިރުއެވެ.
އަދި އެ ޒުވާނާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

