ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރޭގެ ވަގުތެއްގައި ރައީސާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.

އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

މިއީ ސިންގަޕޫރަށް ރައީސް ކުރައްވާ ހަތްވަނަ ނުރަސްމީ ދަތުރުފުޅެވެ.

އެންމެ ފަހުން އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މެއި މަހުގެ 24 ގައެވެ.

އަދި އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ މެއި މަހުގެ 30 ގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ 2024 އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.

 

އެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ.