ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން، ގދ. ފަރެސްމާތޮޑާ ފުލުހުން އިސްނަގައިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް، ފަރެސްމާތޮޑާގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Advertisement
Advertise with us

ޖުމްހޫރީ ދުވަހު ކުރިއަށް ގެންދިޔަ މި ހަވީރަކީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެކެވެ.

މި ހަވީރުގައި، އާއިލާތަކަށް އުފާވެރި މާހައުލެއް ފަހިކޮށްދިނުމާއެކު، ކުޑަކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާއި، ފުލުހުންގެ މަސައްކަތްތަކަށް އާންމުން ޝައުގުވެރިވާނެ ފަދަ މުހިންމު ހަރަކާތްތަކެއް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހަވީރު ވެގެންދިޔައީ، ބައިވެރިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިން ފުރިހަމަ ހަރަކާތެއްގެ ގޮތުގައެވެ.

ރަށުގެ މުއައްސަސާތަކާ ގުޅިގެން މިފަދަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ، ޖަމުއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އަދި އެ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ހަރަކާތެކެވެ.