ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފިއެވެ.
ޝިއުނާ މިއަދު މަގާމުން ވަކިކުރިއިރު، މިދިޔަ ސެޕްޓެމްބަރު 23 އިން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެ އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތީ އޭޕްރީލް، 2023ގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ބަޔާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ބެލެހެއްޓެވުމެވެ.
އޭގެ ކުރިން އޭނާ ވަނީ އޭސީސީގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.





