ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

ރައީސް ނަޝީދު ސިރިސޭނާއާ ބައްދަލު ކުރައްވާފައިވަނީ އިއްޔެއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތާއި ގުޅޭގޮތުން ސިރިސޭނާއާ ވާހަކަ ދެކެވުނު ކަމަށެވެ.

އަދި ލަންކާގެ ކުރިމަގަށް ހުރިހާ ޕާޓީތަކެއް ވެސް އެއް އަމާޒެއް ގެންގުޅުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ނަޝީދު އިއްޔެ ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ވެސް ބައްދަލުކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ލަންކާ އަށް މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ރަނިލް އާއި ނަޝީދާއި ދެމެދު މަޝްވަރާ ކުރައްވާފައިވެެއެވެ.

ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރުމަށް ރައީސް ނަޝީދު އަމިއްލަފުޅަށް އެދިވަޑައިގަތުމުން، އެކަން ވަނީ ހަމަޖައްސައިފައެވެ.