ސަޕޯޓަރުން ގަދަކޮށް ތިއްބެވުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.

Ads by Asuru
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް ރައީީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް  ވިދާޅުވީ ޔާމީންގެ މެސެޖެއް ރައްޔިތުންނަށް ރައްދުކޮށްދޭން ބޭނުންވާ ކަމަށާއި އެގޮތުން އެމަނިކުފާނު އެދިވަޑައިގެންނެވީ ގަދަކޮށް ތިއްބެވުމަށް ކަމަށެވެ.

”އެއްގޮތަކަށް ވެސް ހިތްވަރު ދޫކޮށް ނުލައްވާށޭ އިރާދަކުރެއްވިއްޔާ ތިމަން މަނިކުފާނު ހިތްވަރު ކުރައްވާނަމޭ. އެމަނިކުފާނުގެ އެދިވަޑައިގަތުން މި ދަންނަވާލީ.“ އަދުރޭ ވިދާޅުވިއެވެ.