ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ އިންޑިއާ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ޖާކިރް ހޮސެން (24އ) އެވެ.

ފުލުހުން ބުނީ ޖާކިރް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ޖާކިރް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަކާ ގުޅިގެންނެވެ. އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

 

ފުލުހުން ވަނީ ޖާކިރްއާ ގުޅޭ އެއްވެސް މައުލޫމާތެެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެެވެ.