ނައިބު ރައީސް ފައިސަލް ނަސީމު މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވި މައްސަލަ އިދިކޮޅު ކޯލިޝަނުން ދުސްތޫރީގެ މައްސަލައެއްގެ ގޮތުގައި އަނެއްކާ ވެސް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Asuru
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ސިންގަޕޫރްގައި ސާޖަރީއެއް ހެދުމަށް، ވަގުތު ނަގާތީ ރައީސްގެ ޒިންމާތައް ފައިސަލާ ހަވާލުކުރެއްވުމުން އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައެވެ.

އެހެންވެ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅީ ފައިސަލް ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން ރައީސް ސޯލިހް ވަނީ ވަކިވެފައި ކަމަށް އިދިކޮޅުން ދެކޭތީއެވެ.