ރާއްޖެ އާއި އެމެރިކާ ގުޅިގެން ޕްލާސްޓިކް މަދުކުރުމަށް ޚާއްސަ މަޝްރޫޢެއް ފަށައިފިއެވެ.

Ads by Asuru

މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވައިފައިވަނީ އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. މަޝްރޫޢު ފެށުމުގެ ގޮތުން އިއްޔެ އާޓިފިޝަލް ބީޗު ސާފު ކޮށްފައިވެއެވެ.

މިއީ އދގެ މިޝަން ޓު މޯލްޑިވްސް، ޔޫ އެސް އެއިޑް ސްރީ ލަންކާ އެންޑް މޯލްޑިވްސް މިޝަނުން ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

5.7 މިލިއަން ޑޮލަރު ކަނޑައަޅައިފައިވާ މި މަޝްރޫޢުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުއައްސަސާތައް ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކަށް އަހުލުވެރިކުރުވުމާއި، އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، ޕްލާސްޓިކުން ތިމާވެށި ރައްކާތެރިކޮށްދިނުން ކަމަށް އެމެރިކަން ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.

މި ޕްރޮޖެންޓުގެ ހަރަކާތްތައް ކަނޑައެޅުމުގައި ސަރުކާރާއި، އެހީދޭ ޖަމާޢަތްތަކުން ކާމިޔާބުކަމާއެކު ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކާއި އައު އީޖާދީ ކަންކަމަށް ބަލާނެއެވެ.

އަދި މަސައްކަތްތައް ރަށުފެންވަރުގައި ހަރަކާތްތެރިވާ ޖަމާޢަތްތަކާ އަމިއްލަ ފަރުދުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.