އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާ ކުރި ދެ އެމްބިއުލާންސް ދުއްވަން އެނގޭ ދިވެއްސަކު ހުންނާނެތޯ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ސުވާލު ކުރައްވައިފިއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ރާއްޖެއަށް ”ފީލްޑް އެމްބިއުލާންސް“ގެ ދެ އެމްބިއުލާންސް ހަދިޔާ ކޮށްފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ދުއްވަނީ އެގައުމުގެ ސިފައިންނެވެ. މިކަމަށް ދިވެހިން ތަމްރީނު ނުވާ ކަަަމަށް ބުނެ، ދިވެހިންނަށް ހަދިޔާ ކުރި ހެލިކޮޕްޓަރު އިންޑިއާ ސިފައިން ދުއްވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ހީނާ ކުރެއްވި ޓްވީޓެއްގައި، އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާ ކުރި އެމްބިއުލާންސް ދުއްވާނެ ދިވެހިން ވާނެތޯ ސުވާލު ކުރަައްވައި، މި އުޅަނދުތަކުގެ އެކި ކަންކަމަށްވެސް އިންޑިއާ ސިފައިން ގެންނާނެ ކަމަށް ތުހުމަތު ކުރެއްވިއެވެ.
”މި އެމްބިއުލާންސްތައް މަރާމާތުކޮށް، ތެޔޮ އަޅާ، ދޮވެ ސާފު ކުރަންވެސް، ޓެކްނިކަލް މީހުންގެ ނަމުގައި އިންޑިއާ ސިފައިން ގެންނާނެ.“ އޭނާ ވިދާޅުވިއެވެ.
Mi ambulance dhuvvan engey dhivessaku hunnane baa? Mi ambulance thah maraamaathu koh theyo alhaa dhove saafu kuran ves technical meehunge namugai India sifain gennaane. #IndiaOut https://t.co/QHYqCDtwMt
— Heena Waleed 🇲🇻 (@HeenaWaleed) May 25, 2022
ބަންޑާރަކޮށީގައި، އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ.
އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގަތީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.
ކޮންމެކަމެއްގެތެރެއަށްއިންޑިއާނޔކޮއްޕާއިންޑިއާގެއެހީނެތިދިވެހިއެވެސްރައްޔިތަކަށްނޫޅެވޭނެ