ދިވެހިން އަޅުވެތި ކުރަން އުޅޭ ބަޔަކާ ދެކޮޅަށް ދިވެހިން ތެދުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ ކުރިއަށްދާ ”އިންޑިއާ އައުޓް“ ކެމްޕެއިނަށް ތާއީދެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެވާހަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި، ދިވެހިން އަޅުވެތި ކުރަން މަސައްކަތް ކުރާ ބަޔަކާ ދެކޮޅަށް ދިވެހިން ތެދުވާނެކަން ދަންނަން ޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވީ ”އިންޑިއާ އައުޓް“ ކެމްޕެއިނަށް ތާއީދު އޮތްކަން އެނގެނީ ސަރުކާރުން ބާރުގެ ބޭނުން ނަހަަމަ ގޮތުގައި ހިފައިގެން އެ ކެމްޕެއިން ހުއްޓުވަން އުޅޭތީ ކަމަށެެވެ.

”އިންޑިއާ އައުޓް“ ކެމްޕެއިނާ ވާދައަށް، އެގައުމުގެ ދިފާއުގައި ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފައެވެ. މި ކެމްޕެއިނުގެ ބައިވެރިން ބޭނުން ކުރަމުން އަންނަ ހޭޝްޓެގަކީ ”ބާކީނުވޭ“އެވެ. މި ކެމްޕެއިނަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.