ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެޑްވައިޒަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru
ގާސިމަށް މިއަދު ފޮނުއްވި ސިޓީއެއްގައި އާޒިމް ވިދާޅުވެފައިވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް އިންތިޚާބު ކުރުމަކީ މިވަގުތު ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާހުރި ގޮތް ކަމާއި އަދި ގައުމުގައި ހަމަޖެހުން ދެމެހެއްޓެވޭނެ ވެރިޔަކީ އެމަނިކުފާނު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް ނިންމާފައިވާތީ ޤާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާތީ މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.

އާޒިމް ވެސް ގާސިމާ ދުރަށް ވަޑައިގެންނެވިއިރު، ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުވެސް ވަނީ، ޖޭޕީ ދޫކުރައްވައި، ރައީީސްއަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.