އުރީދޫ މޯލްޑިވްސްއިން މި ރޯދަ މަހުގައި ކުރިއަށް ގެންދިޔަ ޚާއްސަ ބޮކި ބޯޅަ މުބާރާތް، ރޭ ނިންމާލައިފިއެވެ.

Ads by Asuru

މި މުބާރާތުގެ ޓެމްޕިއަންކަން ހޯދައިފައިވަނީ ޓީމް ށަވިޔަނިއެވެ. އެ ޓީމަށް އިނާމުގެ ގޮތުގައި ވަނީ 20،000 ރުފިޔާ ދީފައެވެ.

މި މުބާރާތް ފައްޓަވައިދެއްވައިފައި ވަނީ، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

އުރީދޫ ބޮކި ބޯޅަ – ބަމްޕަރބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކޮށްފައިވެއެވެ.

މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްގެންނެވެ.

އުރީދޫން ވަނީ، އަންނަ އަހަރު ވެސް މި މުބާރާތް އޮންނާނެ ކަމަށް ބުނެފައެވެ.