މި ސަރުކާރުން ކުރަމުންދާ ވައްކަންތައް ޕީޕީއެމްގެ ވެރިކަމެއްގައި ބަލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ.
ޖޭ.އެސް.ސީ އިން ފޮނުވާނެ ތަނަކަށް މަސްއަލަ ފޮނުވަންވީ.ޙަރާމް ޙުކުމެއް ކޮށްފައި އޮތިއްޔާ އެ މަސްއަލައެއް ޕީ.ޕ.ީއެމްގެ ވެރިކަމުގައި ބަލާނެ.ހަމަ އެކަނި އެކަމެއްނޫން.ގާނޫނާ ޚިލާފަށްކޮށްފައި ހުރި ހުރިހައިކަމެއް ވެސް ބަލާނެ.ތިޔަކުރާ ވައްކަންވެސް ބަލާނެ. #IndiaOut pic.twitter.com/8U3UKoOjym
— Abdul Raheem Abdulla (@Banafsaa) May 29, 2022
ޖޭއެސްސީއަށް ފާޑުވިދާޅުވެ، އަބްދުއްރަހީމް ވަނީ، އެ ކޮމިޝަނުން ފޮނުވާނެ ތަނަކަށް މައްސަލަ ފޮނުވަންވީ ކަަމަށެވެ.
އަދި ޕީޕީއެމްގެ ވެރިކަމެއްގައި، މި ސަރުކާރުގައި ”ހަރާން“ ހުކުމެއް ކޮށްފައިވާނަމަ، އެ މައްސަލަ ބަލާނެ ކަމަށާއި، ސަރުކާރުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަންވެސް ބަލާނެ ކަމަށެވެ.
ޥެރިކަމަްހަވާލުވާތާރީޚާގަދިބުނެލަދީބަލަތިނުގަނޑާ