ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން ވިދާޅުވޮ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މުދަލުން ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ.

ޒަކާތުގެ ގޮތުގައި ބަލައިގެންނާނީ އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ.

އަތޮޅު ތެރޭގައި ގޮވާމުން ޒަކާތް ބަލައިގެންނަ ގަޑިތަކާއި އިންތިޒާމްތައް ހަމަޖައްސައިފައިވާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގައިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ، ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލްގައި ކަމަށެވެ. އެތަނަށް ވަންނަން ބޭނުން ކުރާނީ ކުރީގެ ދަރުމަވަންތަ ސްކޫލްގެ މައި ގޭޓު ކަމަށްވާ އަމީރު އަހުމަދު މަގުގެ ގޭޓެވެ.

މިގޮތުން މާލޭގައި ޒަކާތް ބަލައިގެންނާނީ ހެނދުނު 10:00އިން 12:00 އަށާއި، މެންދުރު 1:00 އިން 3:15 އަށް އަދި ރޭގަނޑު 9:00އިން 10:30 އަށެވެ.

ގޮވާމުގެ ގޮތުގައި ބަލައިގަންނާނީ، ގޮދަން ފުށް، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑު ހަނޑޫ، ރަތް ހަނޑޫ އަދި އާޓާ ފުށެވެ.