އަށް މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދިޔަ ”މާޒު“ ނަމަކަށް ކިޔާ ބޯޓެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ފަތިހު 4:51 ހާއިރު ކަަމަށްވެސް މައުލޫމާތު ދީފައިވެއެވެ.