މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

Ads by Asuru

ރޭ ކުޅުނު ފައިނަލް މެޗްގައި އީގަލްސްއާ ދެކޮޅަށް ނުކުމެ އެ ޓީމް މުބާރާތް ކާމިޔާބުކުރީ 2-0 އިންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ތައްޓާއި މެޑެލް ހަވާލުކޮށްދެއްވިއެވެ.

އެ ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމް) ގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވަނީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖާޒީއެއް ރައީސަށް ވެދުމަށް އަރުވައިފައެވެ.

ރޭ ނިންމާލި މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕަކީ މީގެ 69 ވަނަ މުބާރާތެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 1946 ގައެވެ.